ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 10:24
އަސާންޖް ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު
އަސާންޖް ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު
ގެޓީ އިމޭޖަސް
އަސާންޖް
އަސާންޖް އެމްބަސީ ބޭނުންކުރީ ޖާސޫސުކުރަން: އިކުއެޑޯ
 
އަސާންޖް ހައްޔަރު ކުރީ އެމެރިކާގެ އެދުމުގެ މަތިން

ލަންޑަންގައި ހުންނަ އިކުއެޑޯ އެމްބަސީ، ޖޫލިއަން އަސާންޖް ބޭނުންކޮށްފައި ވަނީ "ޖާސޫސުކުރާ މަރުކަޒެއް"ގެ ގޮތުގައި ކަމަށް އެ ގައުމުގެ ރައީސް ލެނިން މޮރޭނޯ ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން އޭނާވަނީ އަސާންޖްގެ އެސައިލަމް އަނބުރާ ގެންދިއުމަށް ނިންމީ އެއްވެސް ގައުމެއްގެ ނުފޫޒު އޮވެގެން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަަން ކޮށްފައި ވަނީ އަސާންޖް އުސޫލުތަކާ ޚިލާފުވުމުން ކަމަށް ވިދާޅުވެފައެވެ.

ދި ގާޑިއަންގައި ވާހަކަ ދައްކަވަމުން ރައީސް މޮރޭނޯ ވިދާޅުވީ އިކުއެޑޯގެ ކުރީގެ ސަރުކާރުން އެހެން ގައުމުތަކުގެ ނުފޫޒު ފޯރުވުމަށް ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށެވެ.

އަސާންޖްގެ ވަކީލް ކުރިން ވަނީ އިކުއެޑޯގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އިކުއެޑޯގެ ރައީސްކަމަށް 2017 ވަނަ އަހަރު ވަޑައިގެންނެވި މޮރޭނޯ ވިދާޅުވީ ޖާސޫސުކުރާ މަރުކަޒަކަށް ހެދުމަށް އެ ބޭފުޅުންގެ ގެ ހުޅުވާ ނުލެވޭނެ ކަމަށެވެ

ވިކީލީކްސްގެ ފައުންޑަރ ޖޫލިއަން އަސާންޖް އެކުއެޑޯގެ އެމްބަސީގެ ތެރޭގައި ހުއްޓާ އިނގިރޭސި ފުލުހުން އެތަނަށް ވަދެ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.

އެކުއެޑޯގެ އެމްބަސީ ތެރެއަށް އިނގިރޭސި ފުލުހުން ވަދެފައި ވަނީ އެމްބެސަޑަރުގެ ހުއްދައާ އެކުގައެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ ޖޫލިއަން އަސާންޖް އެކުއަޑޯގެ އެމްބަސީގެ ތެރޭގައި ހިމާޔަތް ހޯދައިގެން ހުންނަތާ ހަތް އަހަރުވެއްޖެއެވެ. އޭނާގެ މޭސްތިރިކަމުގައި ވިކިލީކްސް އިން ވަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިއްރު ލިޔެކިޔުންތައް ލީކު ކޮށްލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް