ކ. މާލެ
|
29 މާރޗް 2024 | ހުކުރު 12:20
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ވިޔަފާރީގެ މުޢާމަލާތް
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
 
ވިޔަފާރި ނުހިންގޭނެކަމަށް ބުނެފައިވާ މުވައްޒަފުންނަށް ކުއްލި ހާލަތެއްގައި އެކަން ކުރެވޭނެކަމަށް ވެސް އުސޫލުގައިވޭ
 
ޕްރޮކިއުމަންޓާއި، ފައިސާ އަދި ބިޑާއި ބެހޭ މުވައްޒަފުންނަށް ވިޔަފާރީގެ މުއަމަލާތް ނުހިންގޭނެ

ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންނާ ޢާއިލީގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުންހުރި ފަރާތްތަކާއެކު އެ އޮފީސްތަކުން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް، ފިނޭންސް މިނިސްޓްރީން އުސޫލެއް ނެރެފިއެވެ.

މި އުސޫލުގެ މަގުސަދަކީ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ހިންގުމުގައި އެ ތަނެއްގެ މުވައްޒަފުން ޢަމަލުކުރާނެ ގޮތުގެ އުސޫލު ކަނޑައެޅުމާއި، މަޞްލަޙަތު ހިމެނޭ މުވައްޒަފުން އެއްކިބާކޮށް މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ޕްރޮކިއުމަންޓުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުން ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެގޮތުން މުޢާމަލާތް ކުރެވިދާނެ މިންވަރާއި ހުއްދަދޭނެ ފަރާތް ކަނޑައެޅުމާއި، ވިޔަފާރީގެ މުޢާމަލާތް ނުކުރެވޭނެ ފަރާތްތަކާއި ހާލަތްތައްތައް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރިކުރުމުން ދައުލަތުގެ އޮފީހަކަށް ލިބިދާނެ މާލީ ގެއްލުން ކުޑަކުރުމާއ،ި ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމާއި، އެފަދަ ހާލަތްތަކުގައި ޢަމަލުކުރާނޭގޮތް ކަނޑައެޅުން މި އުސޫލުގައި ހިމެނެއެވެ. އަދި މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރިކުރި ކަމުގައިވިޔަސް، އެކަން ކުރާ ދައުލަތުގެ އޮފީހަށް އެކި ފަރާތްތަކުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ވެސް މި އުސޫލުގައި ހިމެނެއެވެ.

މިކަމާ ގުޅޭ އުސޫލުތަކާއި މަސައްކަތް ހިންގުމުގައި ޢަމަލުކުރާނެ އިޖުރާއަތު (ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ނުވަތަ އެސ.ްއ.ޯޕީ) ގެ ތެރެއިން މި އުސޫލާ ތައާރުޒުވާ އެންމެހައި އުސޫލުތަކާއި އެސ.ްއޯ.ޕީތައް ބާޠިލުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. އަދި މި އުސޫލާ ޚިލާފަށް، މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގައިގެން ނުވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތެއް ހިންގަންވާނީ އެކަމަކަށް މި އުސޫލުގައި ކަނޑައަޅައިފައިވާ ހުއްދައެއް ލިބިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު މުޢާމަލާތް ހިންގުމަށް ހުއްދަދެވޭނެ ފަރާތްތަކާއި މިންގަނޑަކީ:

- ވިޔަފާރީގެ މުޢާމަލާތުގެ ޖުމުލަ އަގު 35,000 (ތިރީސް ފަސްހާސް) ރުފިޔާއާ ހަމަޔަށް ހުއްދަދޭނ،ީ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރުމަށް ލިޔުމަކުން އޭނާ ހުއްދަދީފައިވާ ފަރާތެވެ.

- ވިޔަފާރީގެ މުޢާމަލާތުގެ ޖުމްލަ އަގު 35,000 (ތިރީސް ފަސްހާސް) ރުފިޔާއިން ފެށިގެން 5,000,000 (ފަސް މިލިޔަން) ރުފިޔާއާ ހަމަޔަށް ހުއްދަދޭނީ ބިޑް ކޮމިޓީންނެވެ.

- ވިޔަފާރީގެ މުޢާމަލާތުގެ ޖުމުލަ އަގު 5,000,000 (ފަސް މިލިޔަން) ރުފިޔާއިން ފެށިގެން ހުއްދަދޭނ،ީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ.

މި އުސޫކުގެ ދަށުން ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެ މުވައްޒަފުންނަކީ:

  • ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފު؛
  • ފައިސާއާބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފު؛
  • އެ ޕްރޮކިއުމަންޓަކާ ގުޅޭ ޑިޕާޓްމަންޓެއްގެ އެންމެ އިސް މުވައްޒަފެއް؛
  • ޕްރޮކިއުމަންޓަށް ހުއްދަދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފެއް؛
  • ބިޑް ކޮމިޓީއާއި ޕްރޮކިއުމަންޓާބެހޭ އެހެނިހެން ކޮމިޓީތަކުގެ މެންބަރެއް؛
  • ބިޑް ނުވަތަ ބީލަން އިވެލުއޭޓްކުރާ ނުވަތަ ވަޒަންކުރާ ފަރާތެއް ނުވަތަވަޒަންކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމިޓީގެ މެންބަރެއް؛
  • މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލް؛
  • ބިޑް ޑޮކިއުމަންޓް ނުވަތަ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމުގައި ބައިވެރިވާ ނުވަތަ އެހީވެދޭ ފަރާތެއް (މީގައި ބިޑް ޑޮކިއުމަންޓް ނުވަތަ
  • ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމަށް ކަނޑައަޅައިފައިވާ ކޮންސަލްޓެންޓުންނާއި އެހެނިހެން މާހިރުން ވެސް ހިމެނޭނެ)

ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާފަދަ ކުއްލި ހާލަތެއް ދިމާވެގެން މި 8 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކާއެކު ވެސް ވިޔަފާރީގެ މުޢާމަލާތެއް ހިންގަން ޖެހިއްޖެ ހިނދެއްގައ،ި އެކަމަކަށް މިނިސްޓްރީން ހުއްދަދެވިދާނެ ކަމަށް މި އުސޫލުގައ ވަނީ ބުނެފައެވެ.

އަދި ޕްރޮކިއުމަންޓަށް ކުރިމަތިލައިފައިވާ ފަރާތަކީ މުވައްޒަފެއްގެ "ކްލޯޒް ރިލޭޓިވް" އަކަށް ނުވަތަ މުވައްޒަފަކާ ޢާއިލީގޮތުން ގުޅުން އޮންނަ ފަރާތެއްގެ ގޮތުގައި މި އުސޫލުގައި ބުނަނީ:

އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި ދަރިންނާއި އެއްބަނޑުއެއްބަފާ މީހުންނާއި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި މައިންބަފައިންނާއި ދޮންދަރިންނާއި އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި އެއްބަނޑުއެއްބަފާ މީހުންނާއި އެ މީހާގެ މައިންބަފައިން ހިމެނެއެވެ.

އަދި ޕްރޮކިއުމަންޓަށް ކުރިމަތިލައިފައިވާ ފަރާތާއި މުވައްޒަފަކާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން އޮތުން ނުވަތަ އެ ފަރާތަކީ މުވައްޒަފެއްގެ "ކްލޯޒް އެސޯސިއޭޓް" އަކަށް ވުމާއި، ޕްރޮކިއުމަންޓަށް ކުރިމަތިލައިފައިވާ ފަރާތަކީ މުވައްޒަފަކަށް މުސާރައެއް ނުވަތަ އުޖޫރައެއް ނުވަތަ ޢިނާޔަތެއް ދޭ ފަރާތަކަށް ވުމަކީ ވެސް މުވައްޒަފަކާއި ގުޅުންހުރި ފަރާތަކަށް ވާނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް