ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 07:47
އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ
އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ
ރޮއިޓާސް
އެސްޓަން ވިލާ
އެސްޓަން ވިލާ ދަނީ ކުރިއަށް، މަސައްކަތުގައި ދެމިތިބެން ޖެހޭ: އެމެރީ
 
އޭނާ އާއި ކުލަބުގެ ވެރިން އަންނަނީ ކުރިއަށް ދާނެ ގޮތްތައް ރާވާލައި، އެކުގައި އެކަންކަން ހިއްސާ ކުރަމުން

އެސްޓަން ވިލާ ދަނީ ކުރިއަށް ކަމަށާއި، ކުރަމުން އަންނަ މަސައްކަތުގައި ދެމި ތިބެން ޖެހޭ ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ އުނާއި އެމެރީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އެސްޓަން ވިލާ އާއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމަށްފަހު ވާހަކަ ދައްކަމުންނެވެ. އިތުރު އެއް އަހަރަށް އެމެރީ އެސްޓަން ވިލާގެ އެއްބަސްވުން އައު ކޮށްފައިވާއިރު، އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެމެރީ ބުނީ އެސްޓަން ވިލާގެ ސަޕޯޓަރުންނާއި، ކުލަބުގެ އިސްވެރިން އަދި އޯނަރުން ދަނީ ކުރިއަށްދާ ކަންކަމުގެ އުފާ ހާސިލު ކުރަމުން ކަމަށެވެ. އަދި އެންމެން ވެސް ތިބީ، މިވަގުތު ކުލަބުން ކުރަމުން އަންނަ މަސައްކަތާއި، ނެރެމުން އަންނަ ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޚާއްސަކޮށް އޭނާ އާއި ކުލަބުގެ ވެރިން އަންނަނީ، ކުރިއަށް ދާނެ ގޮތްތައް ރާވާލައި، އެކުގައި އެކަންކަން ހިއްސާ ކުރަމުން ކަމަށް ވެސް އެމެރީ ވަނީ ބުނެފަ އެވެ. ކުލަބުގެ އެންމެހައި އިސްވެރިންގެ ފަރާތުން އޭނާ އަށް ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކޮށް އެމެރީ ބުނީ، މިވަގުތު އެސްޓަން ވިލާގައި އޮތީ އެންމެ ރަނގަޅު ވިސްނުމާއި ޚިޔާލު ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ކުލަބުގެ ކުޅުންތެރިން އަދި ކޯޗިން އޮފިޝަލުން ކުރަމުން އަންނަ ބުރަ މަސައްކަތް، މިހާރު ކުރަމުން އަންނަ ބާރު މިނުގައި ދަމަހައްޓަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ވެރިންނާއެކު ކުރިއަށްދާން ލިބުނު ފުރުސަތު ދަމަހައްޓައި، ކުލަބުގެ ކާމިޔާބަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އޭނާ ބުންޏެވެ.

އެމެރީ ފާހަގަ ކުރި ގޮތުގައި އެސްޓަން ވިލާގަައި އޭނާ އާއި އެހެނިހެން މީހުން އަބަދު ވެސް މަސައްކަތް ކުރަނީ، ދުވަހަކުން ދުވަހަކަށް ރަނގަޅު ވާން ކަމަށެވެ. ކުރާ މަސައްކަތާއި، ލިބޭ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމުގެ އަޒުމުގައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް