ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 14:15
ދޫންޏެއް ގަހެއްގައި ޖައްސާލައިގެން
ދޫންޏެއް ގަހެއްގައި ޖައްސާލައިގެން
ރާއްޖެ އެމްވީ
ރަމަޟާން 1442 - ރޯދައިގެ ސުވާލާއި ޖަވާބު
ސުވާލާއި ޖަވާބު (ހަތަރުވަނަ ބައި)
 
ދީނާ ގުޅޭ ގޮތުން ކިތައްމެ ކުޑަ ކަމެއްގައި ވެސް ޝައްކެތްވާނަމަ ދީނީ އިލްމުވެރިއެއްގެ އެހީތެރިކަން ހޯދުން މުހިއްމު

މިއީ ރޯދަމަހާއި ގުޅިގެން ބައެއް މީހުން ފޮނުވާފައިވާ ސުވާލުތަކު ތެރެއިން ބައެއް ސުވާލުތަކުގެ ޖަވާބެވެ. ސުވާލުތައް ފޮނުވާ މިންވަރަކުން ތިބޭފުޅުންނާއި ހަމަ އަށް ގެނެސްދޭނަމެއެވެ. މިއީ ހަތަރުވަނަ ބައެވެ.

ސުވާލު 1

ރޯދަ މަކުރޫހަވާ ކަންތައްތަކަކީ ކޮބާ؟ އަދި އެއިންކަމެއް ކޮށްފިނަމަ ރޯދައަށްވާނީ ކިހިނެއްތޯ؟

ޖަވާބު

ރޯދަ މަކުރޫހަވާ ކަންތައްތައް ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި ޢާއްމު ކަންތައްތަކަކީ ތިމާގެ ދުލުންނާއި ރޯދަގެއްލޭ ކަންތައްތައް ފިޔަވައި ނޭދެވޭ، ނުވަތަ ލަޣުވަ ކަންތައް ކުރުމެވެ. މިފަދަ މަކްރޫހަ ކަމެއް ނުކޮށް ދޫކޮށްލުމުން ސަވާބު ލިބޭނެއެވެ. އެހެނަސް އެފަދަ ކަމެއް ކޮށްފިނަމަ ސަވާބުން މަޙްރޫމުވާނެއެެވެ. ރޯދަ ނުގެއްލޭނެއެވެ.

1- ވުޟޫ ކުރާއިރު ނޭފަތާއި ކޮލަށް ފެންލުމުގައި މުބާލަޣާ ކުރުމެވެ.

2- ތިމާގެ ކުޅު އަނގައިގައި ޖަމާކޮށްގެން ދިރުވާލުމެވެ.

3- ކަވާ ޖެހުމެވެ.

4- ދެމެފިރިން ޝާހުވަތު އުފެދޭގޮތަށް ލޯބިކޮށް، ކިސްކޮށް ހެދުމެވެ.

5- މާގިނައިން ދުވާލު ނިދުމެވެ.

6- ރޯދައިގެ ރޫޙު ގެއްލޭ މިންވަރަށް މާގިނައިން ލަހުވައިގެ ކުޅިވަރުކުޅެހެދުމެވެ.

7- ރޯދަމަހު މެންދުރު ފަހުން ދަތް އުނގުޅުމެވެ. (މިއީ އިމާމު ޝާފިޢީގެ އަރިހުގައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވަނީ މަކްރޫހަ ކަމެއް ނޫންކަމަށެވެ.)

ސުވާލު 2

ހިލޭ އަންހެނުންނަކީ ކޮބާ؟

ޖަވާބު

ހިލޭ އަންހެނުންނަކީ ތިމާއާއި ކައިވެނި ކުރުން ހުއްދަމީހުންނެވެ. ބައެއް ފަހަރު ބަހުގެ ގޮތުން ދިވެހިން ގާތްތިމާގެ މިބަހުގެ އިދިކޮޅުބަހަކަށް ހިލޭމީހުން ބޭނުން ކުރެއެވެ. މިއުޞޫލުން ބަލާއިރު އަނބި މީހާ ހިލޭމީހެއް ނޫނެވެ.

ސުވާލު 3

މަޒްޔަކީ ކޮބައިތޯ؟ އަދި ވަދުޔަކީ ކޮބައިތޯ؟

ޖަވާބު

މަޛްޔަކީ ފިރިހެނާގެ ޝަހުވަތު އުތުރިއެރުމުގެ ސަބަބުން ނުކުންނަ އޮލަ ފެނެކެވެ. މިއީ ނަޖިހެކެވެ. ނިކުމެއްޖެނަމަ ދޮވެލުމުން ފުދޭނެއެވެ.

ސުވާލު 4

ފިޠުރު ޒަކާތް ނުދައްކައި ހުއްޓާ ޢީދަށް ހަނދު ބަލައިފިއެވެ. ދެން ކަންކުރާނީ ކިިހިނަކުންތޯއެވެ؟

ޖަވާބު

ފިޠުރު ޒަކާތް ދެއްކުން އޮންނަނީ ޢީދަށް ހަނދު ބެލުމުންނެވެ. އެހެންކަމުން ޢީދު ނަމާދަށް ދިއުމުގެ ކުރިން ފިޠުރު ޒަކާތް ދައްކަންވާނެއެވެ. ނަމަވެސް ހަނދު ބެލުމުގެ ކުރިން ރޯދަމަހުގެ ތެރޭގައި ދެއްކުމަކީ ހުއްދަ ކަމެވެ. ޢީދަށް ދިޔައިރު ފިޠުރު ނުދައްކައި އޮތްނަމަ ޢީދުގެ ފަހުން ޤަޟާ ކުރަންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
25%
25%
0%
0%
0%
50%
ކޮމެންޓް